ޚަބަރު

ގްރީން ފައިނޭންސް ފަސޭހައިން ލިބޭނެގޮތް ހަދަން ރާއްޖެއިން ގޮވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ގްރީން ފައިނޭންސް ފަސޭހައިން ލިބޭނެގޮތް ހަދަން ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން އެފަދައިން ގޮވާލީ ހޮންގްކޮންގްގައި ބޭއްވި "ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސް"ގައެވެ.

އެ ކޮންފަރެންސްގައި ރާއްޖޭގެ ޑެޕިޔުޓީ މިނިސްޓަރު އަލީ ނާސިރު ވަނީ "ޑީޕަނިންގ ރޫލް އެލައިންމަންޓް އެންޑް ކްރޮސް-ބޯޑަރ ކޯޕަރޭޝަން އޮން ގްރީން ފައިނޭންސް"ގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން  މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީ ފަސޭހައިން ލިބޭނެ އަދި ސާދާކުރެވިފައިވާ ނިޒާމަކަށް ބޭނުންޖެހިފައިވާކަން ފާހަގަކުރައްވައިފައެވެ.

އަދި ބްލެންޑެޑް ފައިނޭންސް މެކޭނިޒަމްތައް އިތުރަށް ބޭނުންކުރުމަށާއި، މޫސުމީ ބަދަލުތަކަށް ކެތްކުރާނެ އަސާސީ ގޮނޑިގަނޑުތަކާއި، ފެނުގެ ރައްކާތެރިކަމާއި، އަދި އެޑެޕްޓޭޝަން މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމުގެ މުހިންމުކަން އޭނާ ވަނީ ބަޔާންކުރައްވައިފައެވެ.

މިކަންކަން ހާސިލްކުރުމުގެ ބޭނުމަކީ، ހާއްސަކޮށް ކުޑަ ރަށްފުށުގެ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ދިރިއުޅޭ ބަލިކަށި މުޖުތަމައުތައް މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުންކަންވެސް ޑެޕިއުޓީ މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

Ads by HDC