ލައިފްސްޓައިލް

މާސްކު އެޅުމުން މީހާގެ ބުރުސޫރަ ރީތިވޭ: ދިރާސާ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
މާސްކު އަޅައިގެން ތިބި މީހުން

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާއިރު އަޅުގަނޑުމެން އެންމެނަށް ވެސް މި ވަނީ މި ބައްޔާ އެކު އުޅެން ދަސްކުރަން ޖެހިފައެވެ. އެގޮތުން މި ބައްޔާއެކު އައު އާންމު ހާލަތު ތަންފީޒުކުރަން ޖެހިފައިވާއިރު މާސްކު އެޅުމަކީ އެންމެ މުހިންމު ކަމޭ ބުނުމީ ދޮގަކަށް ނުވާނެއެވެ.

Ads by STELCO

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިން ޖަހައި ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރި ކަމުގައި ވީ ނަމަވެސް މާސްކު ބޭނުން ކުރަން ޖެހެއެވެ.

ދާދި ފަހުން ކާޑިފް ޔުނިވާސިޓީގެ އިލްމުވެރިންތަކެއް ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މާސްކު އެޅުމަކީ ފެންނަ ފެނުމަށް މީހާގެ ސިފަ ރީތިކޮށްދޭ ކަމެކެވެ.

ކާޑިފް ޔުނިވާސިޓީގެ ސްކޫލް އޮފް ސައިކޮލޮޖީގެ ޑރ މައިކަލް ލުވިސް ބުނީ، މެޑިކަލް މާސްކު ބޭނުން ކުރުމަކީ ފެންނަ ފެނުމަށް މީހާގެ ބުރުސޫރަ ހުތުރު ކުރާކަމެއް ކަމަށް، ތަންކޮޅެއް ކުރިން ހަދައިފައިވާ ދިރާސާއަކުން ދައްކައިފައިވާ ކަމަށެވެ. ސަބަކީ މާސްކަކީ، ބައްޔެއް ނުވަތަ ބަލިމަޑުކަމަކާ ގުޅިފައި އޮތް ކަމެއް ކަމުގައި އޭރު ދެކެވިފައި އޮންނާތީކަމަށް ވެސް ޑރ ލުވިސް ބުންޏެވެ.

ޑރ ލުވިސް ބުނީ، އެ ފިކުރު ބަދަލުވިތޯ ބައްލަވަން އޭނާ ބޭނުންވި ކަމަށެވެ. ސަބަބަކީ މާސްކު ބޭނުން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވާތީއާއި ވަކި ވައްތަރެއްގެ މާސްކެއްގެ ސަބަބުން ދެކޭ ގޮތް ބަދަލުވިތޯ ބެއްލެވުމަށް ބޭނުންވާތީއެވެ.

ކާޑިފް ޔުނިވާސިޓީގެ ހޯދުންތައް ދެއްކި ގޮތުގައި މީހުން އެންމެ ރީތީ މެޑިކަލް މާސްކު އަޅައިގެން ހުންނައިރު ކަމަށް ޑރ ލުވިސް ބުންޏެވެ. ސަބަބަކީ އާންމުކޮށް ނޫކުލައިގައި ހުންނަ މެޑިކަލް މާސްކަކީ ސިއްހީ ހިދުމަތްތެރިން ބޭނުން ކުރާ މާސްކަކަށް ވެފައި އެއީ މީހުންނަށް އަޅައިލާ އޯގާތެރި މީހުން ބޭނުން ކުރާ އެއްޗެއްގެ ގޮތުގައި ސިކުނޑިއަށް ނަގައިގަނެވިފައި އޮތުމުން ކަމަށް ޑރ ލުވިސް ފާހަގަ ކުރިއެވެ.

ކޮވިޑް-19އިން ދިފާއުވެ ބަލިން ސަލާމަތް ވެ ރައްކާތެރިކަން ހޯދުމަށް އޮތް އެންމެ މުހިންމު އެއް ހަތިޔާރަކީ މާސްކު ކަމަށް ވާއިރު، މީގެ ކުރީގައި ޑަބްލިއުއެޗްއޯއިން ވަނީ މާސްކުގައި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ބަޔާންކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!