މެކްޑޯނަލްޑްސްގެ ބަރގަރ އެއްގެ ތެރެއިން ފެނުނީ ދަގަނޑު ކޮޅެއް
މެކްޑޯނަލްޑްސް އަކީ ގިނަ ބަޔަކު ވަރަށް ލޯބިކުރާ ތަނެކެވެ. އާއިލާއާއި ރައްޓެހިންނާއިއެކު ވަގުތު ހޭދަކޮށްލުމަށް މެކްޑޯނަލްޑްސްއަށް ވަރަށް ގިނަ ބަޔަކު ޒިޔާރަތްކުރެއެވެ
މި މަންމައަކީ ވެސް މިގޮތަށް އާއިލާއާއިއެކު ވަގުތު ހޭދަ ކޮށްލުމަށް މެކްޑޯނަލްޑްސް އަށް ދިޔަ ފަރާތެކެވެ. ނަމަވެސް އެނބުރި ގެއަށް ދާންޖެހުނީ މާޔޫސްކަމާއިއެކުގައެވެ.
މާޔޫސް ނުވާންވީ ސަބަބެއް ވެސް ނެތެވެ. އޯޑަރު ކުރި ޗިކަން އެންޑް ޗީޒް ބާރގާ ގެ ތެރެއިން ފެނުނީ ދަގަނޑު ކޮޅެކެވެ.
“ ތިން އަހަރުގެ ކޮއްކޮ އަށް އަސްލު އެ ބާރގާ އޯޑަރު ކުރީ. އެކަމަކު ކޮއްކޮ ބަނޑުހައެއް ނޫނޭ ބުނީމަ އަހަރެން އެ ކެއީ. ކަނިކޮށް ކުއްލިއަކަށް ދަތަށް އެއްޗެއް ހެރުނު ހެން ހީވެގެން ބަލާލިއިރު ދަނގަޑުކޮޅެއް އޮތީ. ނަސީބެއް ކަންނޭނގެ ކޮއްކޮ އަށް ނޫނީ ދަރިފުޅަށް އެ ލައްވާނުލިކަން” ސިޑްނީއަށް ނިސްބަތްވާ އެޑާ ތައުޕާ ބުންޏެވެ.
އެޑާ އިތުރަށް ބުނި ގޮތުގައި އެ ތަނުގެ މެނޭޖަރ ވެސް ހުރީ އަޖައިބުވެފައި ކަމަށާއި މާފަށްވެސް އެދުނުކަމަށެވެ.
މެކްޑޯނަލްޑްސް އޮސްޓްރޭލިޔާ އިން ވަނީ މިފަދަ ކަމެއް ހިނގީތީ ދެރަވާ ކަމަށާއި މާފަށްއެދޭ ކަމަށް ބުނެފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރާނެ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.