ޚަބަރު ސިޔާސީ

މާލެ ސިޓީ ކައުންސިލުގެ އޮފީސް އިމާރާތަށް ކަނޑައެޅި ބަޖެޓު ކުޑަކޮށްފި

  • ބަޖެޓުގެ ގޮތުގައި ކުރިން ކަނޑައެޅި އަދަދުން 6 މިލިއަން ރުފިޔާ ފަހުން ވަނީ އުނިކޮށްފައި.
ފަތޯނާ ފާއިޒު ، ދެން އޮންލައިން
މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ އޮފީސް އިމާރާތް އެޅުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ(އެލްޖީއޭ)އިން ކަނޑައެޅި ބަޖެޓު ކުޑަކޮށްފިއެވެ.

Ads by Hajj Corporation

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 36 ވަނަ ރަސްމީ އާއްމު ޖަލްސާގައި މިއަދު ވަނީ ސިޓީ ކައުންސިލްގެ އޮފީސް އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިޔުމާ މެދު މަޝްވަރާ ކޮށްފައެވެ.

ޖަލްސާ ފައްޓަވަމުން މޭޔަރު ވިދާޅުވީ އޮފީސް އިމާރާތުގެ މަސައްކަތަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބަޖެޓުގައި 18 މިލިއަން ރުފިޔާ ކަނޑައަޅުއްވައިފައި އޮތް ކަމަށެވެ.

އެހެން ނަމަވެސް ބަޖެޓް ޓްރާންސްފަރކޮށް މަސައްކަތް ފެށުމުގައި ހަަދަން ޖެހޭ އެއްބަސްވުން ހެދުމަށް ތައްޔާރުވެ، ސޮއިކުރާނެ ދުވަސް ވެސް ކަނޑައަޅައިފައި ވަނިކޮށް ފިނޭންސް މިނިސްޓްރީން އަންގައިގެން އެކަން މަޑު ކުރަން ޖެހުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެލްޖީއޭއިން އަޅުގަނޑުމެންނާ ބައްދަލުކޮށްފައި ވިދާޅުވީ، 11.692 މިލިއަން ރުފިޔާއޭ ބަޖެޓަކީ. އޭގެތެރެއިން މިއަހަރަށް މި ލިބެނީ ދޮޅު މިލިއަން ރުފިޔާ. " މޭޔަރު ވިދާޅުވިއެވެ.

އެބަޖެޓުގެ ތެރެއިން ކުޑަ އަދަދެއް މިއަހަރަށް ދޭން ނިންމުމުން މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލްގެ އިމާރާތަށް ކައުންސިލުން ރާވައިފައިވާ ގޮތާއި، ބޭނުން ވާނެ ހަރަދުގެ ކަންކަން ތަފްސީލުކޮށް އެލްޖީއޭއާ ހިއްސާ ކުރެވިފައިވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!