ލައިފްސްޓައިލް

އޮމިކްރޮންގެ ސަބަބުން ހިތުގެ ބަލި ޖެހޭތަ؟

  • ކުރީގެ ވޭރިއަންޓްތަކަށް ބަލާއިރު ކޮވިޑުގެ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ހިތުގެ ވިންދު އަވަސްވެ ހިތް ހުއްޓުން ފަދަ ބަލިތައް ޖެހިގެން މަރުވާ މީހުންކަން ވަނީ ސާބިތުވެފަ
މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
އޮމިކްރޯން ޖެހިފައިވާ މީހަކަށް ފަރުވާދެނީ

ކޮވިޑް-19ގެ އައު ވޭރިއެންޓް ، އޮމިކްރޮންގެ އެންމެ ބޮޑު އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި، ކަރުގައި ރިއްސުމާއި، ހިކި ކެއްސުމާއި، ހުން އައުމާއި، ބަނޑުހައިކަން ކުޑަވުން ހިމެނެއެވެ.

Ads by MWSC

މިއީ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާ ކަންކަމަށް ވާއިރު މި ވޭރިއެންޓުގެ ސަބަބުން މެއަކަށް މާބޮޑު އަސަރެއް ނުކުރާކަން އެނގެއެވެ. ނަމަވެސް މިހާރު އުފެދޭ ސުވާލަކީ މި ވޭރިއެންޓުގެ އަސަރު އިންސާނުންގެ ހިތަށް ކޮށްފާނެތޯއެވެ؟

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޮން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރުން އަދިވެސް މުޅިން ޑީކޯޑް ކޮށްފައެއް ނުވެއެވެ. ކޮވިޑް-19ގެ ކުރީގެ ވޭރިއަންޓްތަކަށް ވުރެ އޮމައިކްރޮންގެ ވޭދަނަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އިތުރުވަމުންނެވެ.

ކުރީގެ ވޭރިއަންޓްތަކަށް ބަލާއިރު ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ހިތުގެ ވިންދު އަވަސްވެ ހިތް ހުއްޓުން ފަދަ ބަލިތައް ޖެހިގެން މަރުވާ މީހުންކަން ވަނީ ސާބިތުވެފައެވެ. އަދި ކޮވިޑްގެ މާ ބޮޑު އަލާމާތެއް ނުފެންނަ މީހުންގެ ގައިން ވެސް ހިތަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެގޮތުން ކޮވިޑުގެ ސަބަބުން ޖެހޭ ހިތުގެ ބަލިތަކުގެ ތެރޭގައި ލޭހޮޅިތަކުގެ އެތެރެ ފަށަލަ ދުޅަވުމާއި، މަޔޯކާޑިޓިސްއާއި، ލޭގަނޑުވުމާއި، އަދި މީގެ އިތުރުން ހިތުގެ ވިންދު އަވަސްވުން ހިމެނެއެވެ.

ނަމަވެސް ކޮވިޑްގެ މި ރާޅަށް ބަލާއިރު، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިހައިތަނަށް ހިތުގެ ބަލީގެ އެއްވެސް އަލާމާތްތަކެއް ރިޕޯޓް ކުރެވިފައެއް ނުވެއެވެ.

“އޮމިކްރޮންއަކީ މި ވައިރަހުގެ ފަހުގެ ވޭރިއަންޓެއް ކަމުން މިހައިތަނަށް މި ވޭރިއެންޓާ ބެހޭ ގޮތުން އެނގެނީ ވަރަށް މަދު ކަންތައް، އޮމިކްރޮންގެ ސަބަބުން ހިތުގެ އެއްވެސް ބައްޔެއް ޖެހޭތޯ ބަލަމުންދާއިރު އެކަމާ ބެހޭ މާ ގިނަ މައުލޫމާތެއް ނުލިބޭ. ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އަހަރެމެންނަށް ފެނުނު ހިތުގެ އިންފްލެމޭޝަން، މަޔޯކާޑިޓިސް، އޮމިއިކްރޯންގެ ސަބަބުން މެދުވެރި ކުރުވާކަން ނުވަތަ ނޫންކަން އަދި ސާފެއް ނޫން. އަދި މި ދިރާސާކުރުމަށް ވަގުތުކޮޅެއް ނަގާނެތީ ޔަގީންކޮށް އެއްޗެއް ބުނަން އަދި މާ އަވަސް” ނޮއިޑާގެ ފޯޓިސް ހާޓް އެންޑް ވަސްކިއުލާ އިންސްޓިޓިއުޓްގެ ޗެއާމަން ޑރ އަޖޭ ކައުލް ވިދާޅުވިއެވެ.

ތަޖުރިބާކާރުން އިތުރަށް ވިދާޅުވީ އޮމިކްރޮން ވޭރިއެންޓަކީ ވަރަށް އާދައިގެ އިންފެކްޝަނެއް ކަމަށާއި އޭގެ ސަބަބުން ފެންނަނީ އާދައިގެ އަލާމާތްތައް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!