ޚަބަރު ރާއްޖޭ ކުޅިވަރު ސަރުކާރު

ކުޅިވަރުގެ ހުރިހާ ކަމެއް ހިންގޭނީ މާލޭގައި ކަމަށް ވިސްނިފައި އޮތް އޮތުން މިދަނީ ބަދަލު ކުރަމުން: މަޙްލޫފް

  • ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު
ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު

ކުޅިވަރުގެ ހުރިހާ ކަމެއް ހިންގޭނީ މާލޭގައި ކަމަށް ވިސްނިފައި އޮތް އޮތުން ބަދަލު ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ "ޕްރެޒިޑެންޓްސް ކަޕް"ގެ ފައިނަލް މެޗު ބޭއްވުމަށް ހަމަޖެހިފައިވާ ރ.އަލިފުށި، އެކަމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވައި، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ޒަމާނުއްސުރެ ކުޅިވަރުގެ ހުރިހާ ކަމެއް ވެސް ހިންގޭނީ ހަމައެކަނި މާލެގައި ކަމަށް ވިސްނިފައި އޮތްއޮތުން އަޅުގަނޑުމެން މިދަނީ ބަދަލުކޮށް މުޅި ރާއްޖެއަށް ފަތުރަމުން. އަދިވެސް ކުރަންޖެހޭ މަސައްކަތް ގިނަ." މަހުލޫފުގެ ޓްވީޓުގައި ވެެއެވެ.

އަލިފުށީގައި  މިމަހުގެ 23 ވަނަ ދުވަހު، ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް ބޭއްވުމަށް އެފްއޭއެމުން ނިންމިއިރު، މިއީ މާލެ ނޫން ސަރަހައްދެއްގައި ރާއްޖޭގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލް ކުޅޭނެ ތިންވަނަ ފަހަރެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ޕްރެޒިޑެންޓސް ކަޕުގެ ފައިނަލް މެޗު ކުޅުނީ ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ. އެ ފަހަރު މުޅި މުބާރާތް ހޮސްޓުކުރީ ހދ. ކުޅުދުއްފުށީގައި އާއި ހިތަދޫގައެވެ. އެ ފަހަރު މުބާރާތް މާލެއިން ބޭރަށް ބަދަލުކުރީ ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުގެ ސަބަބުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!