ފޮތްތަކުގައި ހުންނަ ޤުރުއާނުގެ އާޔަތްތަކުގައި ކުށް ހުރޭތޯ ބެލުމަށް ކޮމިޓީއެއް
- ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވަނީ މިއަދު ބައްދަލު ކުރައްވައިފަF
ރާއްޖޭގައި ޗާޕު ކުރާ އިސްލާމް، އަދި ޤުރުއާންގެ އާޔަތްތައް ހިމެނޭ ފޮތްތަކުގައި ކުށްހުރިތޯ ބަލައި ފާސްކުރާ ކޮމެޓީއެއް އެކުލަވައިލައިފިއެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވަނީ މިއަދު ބައްދަލު ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއިން ބުނީ، ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތާ ބެހޭ ގޮތުން މިނިސްޓަރާ އެކު މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިލްމުވެރިންގެ ތެރޭގައި ޑރ.މުހައްމަދު އިޔާޒު އަބްދުލްލަތީފު ވެސް ހިމެނިވަޑައިގަންނަވައެވެ.
ސްކޫލް ދަރިވަރުން ބޭނުން ކުރަމުން އަންނަ އިސްލާމާއި ޤުރްއާން ފޮތްތަކުގައި ކުށް ހުރިކަން ފާހަގަވެ އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ.
އެކަމާ ގުޅިގެން މިނިސްޓްރީން ކުރިން ބުނީ މިފަދަ ކަމެއް ތަކުރާރު ނުވާނެހެން މިނިސްޓްރީން އަމަލު ކުރަމުން ގެންދާނެ ކަމަށެވެ.
ސުކޫލް ކުދިންގެ ގުރުއާން ފޮތް ކުށް ގެންނަނީ މިސަރުކާރު ކަމަށް ބެލެވޭ!!
އިރާދުކުރެވިޔާ 2023 ރައްޔިތުން ބެނުންވާސަރުކާރު ލިބޭނެ އިންށާﷲ
#އިންޑިއާ އައުޓް
ލާދީނީ ސަރުކާރު