ލައިފްސްޓައިލް

އަލަށް ހޯދުނު ފަނީގެ ވައްތަރަކަށް ނަންދީފައި ވަނީ ޖެފް ޑެނިއެލްސްއާ ގުޅުވައިގެން

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ޖެފް ޑެނިއަލްސް

އެމެރިކާގެ މަޝްހޫރު އެކްޓަރު އަދި މިއުޒީޝަން ޖެފް ޑެނިއަލްސްއަކީ ޓީވީ، ފިލްމު އަދި މަލްޓިޕްލް ސްޓޭޖް ޕްރޮޑަކްޝަންތަކުގައި މަސައްކަތް ކޮށްފައިވާ އަދި ގިނަ އެވޯޑުތަކާއި ތައުރީފު ލިބިފައިވާ ފަންނާނެކެވެ. އުމުރުން 66 އަހަރުގެ އެކްޓަރުގެ ނަމާ ގުޅުވައިގެން މިހާރު ވަނީ ޓަރަންޓުލާ މަރާ، ހާމަޕްރަޑިކް އާއިލާގެ ފަންޏަށް ނަން ދީފައެވެ.

Ads by Sosun Fihaara

ވެރައިޓީއިން ބުނާ ގޮތުގައި ރިވަރސައިޑްގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިންނަށް ވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ފަންޏެއް ހޯދިފައެވެ. މި ފަނި ހޯދި ޓީމުން އެއަށް ނަން ދީފައި ވަނީ މަޝްހޫރު ތަރި ޖެފް ޑެނިއެލްސްއާ ގުޅުވައިގެންނެވެ. އެގޮތުން އެ ފަންޏަށް ނަން ދީފައި ވަނީ ޓެރެންޓޯބެލުސްޖެފްޑެނިއެލްސީގެ ނަމުންނެވެ.

ދިރާސާ ކުރި ޓީމުން ބުނީ އެ ފަންޏަށް ޑެނިއަލްސްގެ ނަމުން ނަންދިނީ 1990ވަނަ އަހަރު ނިކުތް ބިރުވެރި ކޮމެޑީ ފިލްމު "އާރަޗްނޮފޯބިއާ"ގައި ޑެނިއަލްސްގެ ކެރެކްޓާގެ ސަބަބުން ފައިދިގު މަކުނުގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ "އާރަކްނޯފޯބިއާ"އިން ރަށެއް ސަލާމަތްކުރާތީ ކަމަށެވެ.

މި ފަންޏަކީ ނެމަޓޯޑްގެ އާއިލާއަށް ނިސްބަތްވާ ވައްތަރެކެވެ. އަދި މީގެ ފަންޏަށް ރައުންޑް ވާރމްއޭ ވެސް ކިޔައިއުޅެއެވެ. މިކަހަލަ 25،000އަށް ވުރެ ގިނަ ވައްތަރުގެ ސޫފި އުޅޭއިރު، މިއީ ބިމުގައި ދިރިއުޅޭ އެންމެ ގިނަ ޖަނަވާރުތަކުގެ ތެރޭގައި ހިމެނޭ ޖަނަވާރެކެވެ.

ޔޫސީ ރިވަރސައިޑްއިން ދިން ސްޓޭޓްމަންޓެއްގައި، މި ޝަރަފުގެ އަގު ވަޒަންކުރަމުން ޑެނިއަލްސް ވަނީ އެކަން ހިއްސާކޮށްފައެވެ.

"އެންމެ ފުރަތަމަ އަޅުގަނޑަށް ނެމަޓޯޑްގެ އައު ވައްތަރެއްގެ ނަމެއް އަޅުގަނޑުގެ ނަމުން ނަން ދެވިފައިވާ ވާހަކަ އަޑުއިވުމުން، އަޅުގަނޑު ހިތަށް އެރީ ކީއްވެހޭ؟ އެއްގޮތްކަމެއް އެބަހުރިހޭ؟'"

އޭނާ އިތުރަށް ބުނެފައި ވަނީ އެއީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި ހޮލީވުޑްގައި ޕެރެސައިޓޮލޮޖީ ދާއިރާގައި އުޅޭ މީހުންނަށް ފާހަގަ ނުކުރެވެނީސް އެއްވެސް އެއްޗަކަށް ތިބާ ނުވާނެ ކަމަށެވެ. އަދި މި ޝަރަފު ލިބުމުން އުފާވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!