ޑްރަގުގެ އައްޑާއެއް ކަމަށް މިއަދު ރިޕޯޓް ކުރި، މާލޭގެ އިމާރާތެއްގައި ރޯވެ އަދަނީ
ކުރިން ޕީޕީއެމްގެ ރުމާލު 2 ހިންގި ޖަގަހަ ހުރި އިމާރާތުގައި ރޯވެއްޖެއެވެ.
މި އިމާރާތުގައި ޑްރަގް ބޭނުންކޮށް، މަސްތުވެ، ބަޔަކު ނިދާ ހަދާ ކަމަށް މިއަދު މީޑިއާއަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މިތަން ވަނީ މީގެ ކުރިން ފްލޫ ކުލިނިކަކަށް ވެސް ބޭނުންކޮށްފައެވެ. މި ތަނުގައި ރޯވި ސަބަބެއް އަދި ނޭނގެއެވެ.
އަދާހަމަ: އަލިފާންގަނޑު މިހާރު ވަނީ ނިއްވައިލައިފައި. އަލިފާންގަނޑު ނިއްވައިލައިފައި ވަނީ 15:14 ގައި. އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ.
Ads by Allied Insurance