ޚަބަރު

ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅިދަނޑިއަކަށް އަރައިފި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅިދަނޑިއަކަށް އަރައިފި އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ހުޅުމާލޭ ބޯޝިމަގު އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި ހޮޅިދަނޑިއަކަށް އަރާ އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ރޭ 9:45 ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓު ހިނގިއިރު ކާރު ދުއްވަން އިނީ 43 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސެންސް އޮންނަ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާއެއް ލިބިފައިނުވި ނަމަވެސް ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!