ޚަބަރު

މަސައްކަތަށް ނިކުތީ ކަރަންޓީން ފުރިހަމަކޮށްފައި، ފަތުރަނީ ދޮގެއް: ސައީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކަރަންޓީންވުމަށް އަންގައިފައި އޮއްވާ ޕާޓީ ޖަލްސާއެއްގައި ބައިވެރި ކަމަށް ބުނެ ދެކެވޭ ވާހަކަ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ދޮގު ކުރައްވައިފިއެވެ.

Ads by MWSC

މާލޭގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ބައްދަލު ކުރެއްވި ޖަލްސާގައި ސައީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޚަބަރު ފަތުރާ މަންސައެއް ކަމަށްވާ "އެމްވީ ކްރައިސިސް"އިން ރިޕޯޓްކޮށްފައވާ ގޮތުގައި، ސައީދު ރޭ ވަނީ ބައްޔަށް ފައްސިވެފައެވެ. އަދި ކަރަންޓީން ކުރަން އެޗްޕީއޭއިން އަންގައިފައި އޮއްވާ ޖަލްސާގައި ބައިވެރިވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މިކަމާ ގުޅިގެން، ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސައްކަތަށް ނިކުމެ ވަޑައިގަތީ އެޗްޕީއޭއިން ކަނޑައެޅި ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރެއްވުމަށް ފަހު ކަމަށެވެ. އަދި ފައްސިވެފައި ހުއްޓާ ޖަލްސާގައި ބައިވެރިވި ކަމަށް ބުނެ ދެކެވެނީ ދޮގެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެމަނިކުފާނަކީ ވެކްސިންގެ ދެ ޑޯޒާއި ބޫސްޓަރ ޑޯޒް ވެސް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމަށެވެ.

  1. ނާޗޫރު

    ތިީ ދޮގުހަދާ ޕާޓީއެއް ވެރިކަން ނުލިބޭނެ