ޚަބަރު

ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަށް އިދިކޮޅުން ބައްދަލުވުމެއް ބާއްވަނީ

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް ޖަވާބާރުދާރީވުމުގެ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސްގެ ރިޔާސީ ބަޔާނަށް އިދިކޮޅު ޕާޓީތަކުގެ މެންބަރުން ޖަވާބު ތައްޔާރު ކުރުމުގެ ގޮތުން އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 12:30 ގައި މަޖިލީހުގެ ކޮމިޓީ ކޮޓަރިއެއްގަައި އޮންނާނެ ކަމަށެވެ.

ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިސްބަތްވާ ޕާޓީ، އެމްޑީޕީގެ މެންބަރުން އިދިކޮޅު މެންބަރުންގެ އެ ބައްދަލުވުން ބާއްވާ ކޮޓަރިކޮޅަށް ވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި އެތަނުގައި ހިނގާ ކަންކަން ބެލުމަކީ ބުއްދިވެރި ކަމެއް ވެސް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، ކޮންމެ އަހަރަކު މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާނެއް އިއްވަން ޖެހެ އެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!