މެލާނިއާގެ ތޮފި ނީލަމަށްލުމުން ގަންނަން ބޭނުންވީ މަދު ބަޔަކު
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ތުރުކުރެއްވި ތޮތްޕެއް ނީލަމަށްލުމުން، އެ ތޮފި ގަންނަން މަދު ބަޔަކު ޝައުޤުވެރިވެއްޖެއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނީ މެލާނިއާ ނީލަމަށްލީ ތޮތްޕަކާ އެކު ޕެއިންޓިންގއަކާއި ނަން-ފަންޖިބްލް ޓޯކަން (އެންއެފްޓީ)އެއް ކަމަށެވެ.
ނަމަވެސް ނީލަމުން ލިބޭނެ ކަމަށް އަމާޒު ކުރި 250،000 އެމެރިކާ ޑޮލަރާ ގާތް ކުރާ އަދަދަކަށް ވެސް އެ ތަކެތި ނުވިކުނު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މި މަހުގެ ކުރީކޮޅު މެލާނިއާ ވަނީ، އޭނާ 2018ވަނަ އަހަރު ތުރުކުރެއްވި ތޮތްޕަކާއި، އޭނާގެ ޕެއިންޓިންގެއްގެ އިތުރުން އެންއެފްޓީއެއް ނީލަމަށް ލާނެކަން އިއުލާނު ކޮށްފައެވެ. އެ ތޮތްޕަކީ މެލާނިއާ، ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންއާ ބައްދަލު ކުރައްވަން ވަޑައިގެންނެވި އިރު ތުރުކުރެއްވި ތޮތްޕެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުތަކުން ބުނި ގޮތުގައި މެލާނިއާ ނީލަމަށްލީ މި ތަކެތި ވިއްކައިގެން ޖުމްލަކޮށް ލިބިފައި ވަނީ 170،000 އެމެރިކާ ޑޮލަރެވެ. އެއީ އަމާޒުކުރި އަދަދަށް ވުރެ 80،000 ޑޮލަރު ދަށް އަދަދެކެވެ.
މެލާނިއާ ކުރިން ވިދާޅުވީ، މި ނީލަމުން ލިބޭ ފައިސާތައް ހަދިޔާ ކުރާނީ ޗެރިޓީއަށް ކަމަށެވެ.