ބީއެމްއެލް ޑެޕިއުޓީ ސީއީއޯ ޝަރީފް އިސްތިއުފާ ދެއްވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ބީއެމްއެލްއަށް 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި ޝަރީފު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
ޝަރީފް ވަނީ ބީއެމްއެލްގައި އިސް މަގާމުތަކެއް އަދާކުރައްވާފަ އެވެ. އެގޮތުން ބީއެމްއެލްގެ އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމާއި، ހެޑް އޮފް ކާޑް ސެންޓަރުގެ މަގާމާއި، ރީޓެއިލް ބޭންކިން ޑިރެކްޓަރުގެ މަގާމު ހިމެނެ އެވެ.
Ads by Allied Insurance