ދުނިޔެ

އިސްރާޢީލް މީހުނަށް ޝިޕިންގ ހިލޭ! ފަލަސްތީން މީހުން އަތުން އަގުނަގާ! ދެރަ ކަމެއް!

ދެން އެމްވީ ، ދެން އޮންލައިން

ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގެންފައިވާ އިސްރާޢީލްގައި ދިރިއުޅޭ މީހުންނަށް މަޝްހޫރު އޮންލައިން ވިޔަފާރި ކުރާ ސައިޓެއް ކަމަށްވާ އެމަޒޮން އިން ހިލޭ ޝިޕިން ދޭ ކަމަށް ބުނާ މައްސަލައިގެ އަޑު ގަދަވާން ފަށައިފިއެވެ.

Ads by Sosun Fihaara

ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް އެެމެރިކާ ފަދަ ހުޅަނގުގެ ބާރުތަކުން ގެންގުޅޭ އުސޫލުތަކާ ކުރިމަތި ކުރުވާ ފިއްތުންތައް ގެނެސްދޭ ނޫހެއް ކަމަށްވާ، ފުރީ ފަލަސްތީން އިން ބުނެފައިވަނީ އެސަރަހައްދުގައި ދިރިއުޅޭ މީހުންވެސް، އެމޭޒަން އިން ވިޔަފާރިކުރާއިރު އެމީހުންެގެ ގައުމަކީ އިސްރާޢީލް ކަމަށް ޖަހައިފިނަމަ ހިލޭ އެމަޒޮންގެ ސާމާނު ޑެލިވާ ކޮށްދޭ ކަމަށާއި އަދި ހަމަ އެހިސާބުގެ މީހަކު، އެމީހާގެ ގައުމަކީ ފަލަސްތީނު ކަމުގައި ޖަހައިފިނަމަ 24$ ޝިޕިންގެ ގޮތުގައި ޗާޖް ކުރާ ކަމަށެވެ.

އަދި މިވާހަކަތައް ބޭރުގެ މީޑިޔާތަކުގެ ސަމާލުކަމަަށް ގެންނަން މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް ބޮޑެތި ބާރުތަކުން އެވާހަކަ ދައްކަން ބޭނުންނުވާތީވެ، އެވާހަކަތައް އޮބިފައިވާ ކަަމަށްވެސް އެނޫހުން މަޢުލޫމާތުދެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުރެގެން ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަށް ހައްލެއް ހޯދުމުގެ ނަމުގައި މީގެ މަހެއްހައި ދުވަސް ކުރިން "ގަރުނުގެ އެއްބަސްވުން" ގެ ނަމުގައިވަނީ ޤަރާރެއް ފާސްކޮށްފައިވެއެވެ. މިއެއްބަސްވުމުގައި ގުދުސް އަކީ ފަލަސްތީނާއި އިސްރާއީލާއި ދެމެދު ބައި ކުރެވޭނެ ބިމެއް ނޫންކަމަށާއި އެއީ އިސްރާއީލްގެ ބިމެއް ކަމަށް ލިޔެފައިވެއެވެ.

މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މަސްޖިދުލް އަޤުޞާ ހުންނަނީ ގުދުސްގައެވެ. އެހެންކަމުން ގުދުސްއަށް ފަލަސްތީން ރައްޔިތުންނާއި މުސްލިމުންގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައި އޮވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!