Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދ. މީދޫގައި ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މީދޫގައި އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކު މެންދުރު ނަމާދަށް ގޮސް އެނބުރި ނައިސްގެން އާއިލާގެ ފަރާތުން ހޯދަމުންދަނިކޮށް ފެނިފައިވަނީ މޫދުގައި އޮއްވާ ކަމަށެވެ. މިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 1:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ސިއްހީ މަރުކަޒަށް ގެނައިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް، މަރުކަޒުން އެމީހާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެއެވެ.

Advertisement
Allied — Dhen Online (box)

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް