ރައީސް ޔާމީން ޤަބޫލު ކުރައްވަނީ ރައްޔިތުން ވެރިން ދެކެ ބިރުގަނެ، ސަނާ ކިޔަން ޖެހޭ ކަމަށް: ރައީސް ނަޝީދު
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަލްސަފާއަކީ، ރައްޔިތުން ވެރިން ދެކެ ބިރު ގަންނަކަމަށް ޤަބޫލު ކުރުން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ކެމްޕޭނު ކުރެއްވުމަށް މިއަދު ށ މަރޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއް ބަޔަކު ދެކޭ ގޮތުގައި ވެރިން ތިބެންޖެހޭނީ ފޮރުވިފައި ކަމަށާއި އަދި ވެރިން ތިބެންޖެހޭނީ ރައްޔިތުންނަށް ނުފެނި އަދި ރައްޔިތުން ވެރިންނަށް ޓަކައި އަބަދުވެސް ސަނާ ކިޔަންޖެހޭ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ އެ ބޭފުޅާ މީގެން ރަށަކަށް ވަޑައެއް ނުގަންނަވާނެ. އަދި އެނގިވަޑައިގަންނަވާނެ އެ ބޭފުޅާ މީގެން ރަށަކަށް ވަޑައިގެންނެވި ނަމަވެސް، ޣައިބުގައި ނޫނީ، އެކަހެރި ވެގެން ނޫނީ ނުއިންނަވާނެ" ރައީސް ޔާމީންއަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެއްބަޔަކު ދެކޭ ގޮތުގައި ވެރިން ތިބެން ޖެހޭނީ ފޮރުވިފައި، ވެރިން ތިބެން ޖެހޭނީ ހައިބަތުގައި. ވެރިން ތިބެން ޖެހޭނީ ރައްޔިތުންނަށް ނުފެނި. ރައްޔިތުންނަށް ޓަކައި އަބަދުވެސް ސަނާ ކިޔަން ޖެހޭ. ރައްޔިތުން ވެރިން ދެކެ އަބަދުވެސް ބިރުގަންނަން ޖެހޭ، ޖެހިލުންވާން ޖެހޭ."
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރަނީ، ކޮންމެ ދިވެހި ރައްޔިތަކީ، ހަލާލު މަސައްކަތުން މަސައްކަތްކޮށްގެން އަނބިދަރިން ބަލަހައްޓާ ފަހުރުވެރި ދިވެއްސެކޭ ބުނާ ދިވެހި ރައްޔިތު މީހަކަށް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި އެމްޑީޕީން މަސައްކަތް ކުރާނީ، އެ ރައްޔިތު މީހާއާ އެކު، އޭނާގެ ދިިރިއުޅުން ބާއްޖެވެރި ކުރުމުގެ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ މި އިންތިޚާބުގައި އެމްޑީޕީގެ އިތުރުން، ޕީޕީއެމް އަދި އެމްއެންޕީއިން ވާދަ ކުރެއެވެ.
ކަލޭ ހީކުރާގޮތް ތީ. ކަލެއަކީ ކަލާނގެ ކަމަށް ރައްޔިތުން ދެކެން ޖެހޭކަމަށް ކަލޭ ހީކުރަނީ. މިހާރުވެސް ތިހިރީނު ގަނޑުވަރު ހަދައިގެން ރަސްގެފާނު ހެދިފަ. މިކަލޭގެ މީ ދެން ކާކުތަ!