ލައިފްސްޓައިލް

"ދީބަލަ ސުޕާރީއެއް" މީކާކު އުޅޭ ގޮތެއް؟

ދެން އެމްވީ ، ދެން އޮންލައިން

"އޭ ދީބަލަ ސުޕާރީ އެއް"؟ މިއީ ވަރަށް ގިނައިން އަޑު އިވޭ ސުވާލެކެވެ. ގޭތެރޭގައިވެސް އޮފީހުގެ މާހައުލުގައި ވެސް އަދި ކިޔަވާ ކްލާސް ރޫމް ތެރޭގައިވެސް ސުޕާރީ އެއް ކާ ނުލެވޭ ކަމުގައި ވާނަމަ ގިނަ ދިވެހިންގެ ދުވަސް ފުރިހަމަ އެއް ނުވާނެއެވެ. ސުޕާރީ އާއި ދިވެހިންނާއި އޮންނަނީ ކެނޑިގެން ނުދާނެ ފަދަ ވަރުގަދަ ގުޅުމެކެވެ. ކެއުމަށްފަހު އަނގަ މީރު ކޮށްލަން ކާން ހުންނަ ސުޕާރީ ވެފައި ވަނީ ބައެއް ދިވެހިންނަށް ބަނޑު ކެއުމަކަށެވެ.

Ads by STELCO

އަބަދުވެސް އަތުގައި ސުޕާރީ ހުންނަން ޖެހޭނެއެވެ. ތިމާ އަތުގައި ސުޕާރީ އެއް ނެތްނަމަ، އެކުގައި އުޅޭ ރައްޓެހިންގެ އަތުގައި ވެސް ސުޕާރީ ހުރިތޯ ބަލާނެއެވެ. ސުޕާރީ އާއްމުކޮށް ގެންގުޅޭ މީހުން ގިނަ ފަހަރަށް ތިބޭނީ " ދީބަލަ ސުޕާރީއެއް"މި ދެ ލަފްޒު އިވިއިވި ފޫހިވެފައެވެ. އެކުވެރިންގެ ތެރޭގައި ހަމަޖެހިގެން ސުޕާރީއެއް ނުކެވޭނެއެވެ. ސުޕާރީ ޕެކެޓް ޖީބުން ނަގާ ތަނާ ވަށައިގެން ތިބޭ އެންމެން އެތިކޮޅެއް ދޭށޭ ބުނެ އަތްދިއްކުރާނެއެވެ.

ދިވެހިންގެ ތެރޭގައި އެންމެ ހިނގާ އެއް ސުޕާރީ އަކީ ރަސްލީ ސުޕާރީއެވެ. އޭރު، ރުފިޔާއަކަށް ހަތަރު ރަސްލީ ސުޕާރީ ޕެކެޓް ލިބެންހުރިއިރު، ފަހުން ސުޕާރީގެ އަގު އުފުލި ރުފިޔާއަކަށް އެއް ސުޕާރީ ވިއްކަން ފެށުން ވެގެން ދިޔައީ، ޒުވާނުން ވަރަށް ނުރުހުން ފާޅުކުރަން ފެށިކަމަކަށެވެ. އެދުވަސްވަރު، ސުޕާރީ ރަނަށްވުރެ ގިނަ މީހުންނަށް އަގުބޮޑުވިއެވެ.

ޝައްކެތް ވެސް ނެތެވެ. ސުޕާރީއަކީ ބަނޑު ކެއުމެއްގެ ގޮތުގައި ކާން ހަށިގަނޑަށް ފައިދާ ކުރުވާ އެއްޗެއް ނޫނެވެ. ހަގީގަތަކީ ސުޕާރީ ގިނައިން ކެއުމުގެ ސަބަބުން ކެންސަރަށް މަގުފަހިވެ އިތުރު ގިނަ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ކަމެވެ. ވިޔަފާރިވެރިން ސުޕާރީގެ އަގުބޮޑު ކުރުމުން ކޮންމެވެސް ވަރަކަށް ދިވެހިންގެ މެދުގައި ސުޕާރީ ކެއުން މަދުވިއެވެ. ނަމަވެސް އެނައްކާ ދެތިން މަސް ފަހުން އަލަށް "ޒައިބު" ކިޔާ ސުޕާރީއެއް ރުފިޔާއަކަށް ދެ ޕެކެޓް ވިއްކަން ފެށުމުން ދިވެހިންގެ މެދުގައި އަލުން ސުޕާރީގެ ފޯރި ހިފާލިއެވެ. އަނެއްކާވެސް "ދީބަލަ" ސުޕާރީ އެއް ކިޔަން ފެށިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!