ދުނިޔެ

ފަސް ދުވަސް ވަންދެން ވަޅުގައި ތާށިވެފައި އޮތް ފަސް އަހަރުގެ ރަޔަން ސަލާމަތްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މީގެ ފަސް ދުވަސް ކުރިން މޮރޮކޯގައި 100 ފޫޓް ފުން ވަޅުގަނޑަށް ވެއްޓުނު އުމުރުން އެންމެ ފަސް އަހަރުގެ ރަޔަން ސަލާމަތްކޮށްފިއެވެ.

Ads by Sosun Fihaara

ރަޔަންގެ ބައްޕަ ބުނީ ދަރިފުޅު ވަޅަން ވެއްޓުނީ، އޭނާ ވަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. ރަޔަން ވަޅުގައި ތާށިވެފައި އޮތްއިރު، އެ ކުއްޖާއަށް އޮކްސިޖަންއާއި ކާނާ ވަނީ ފޯރުކޮށްދީފައެވެ. ނަމަވެސް ރަޔަން އެ ބޭނުން ކުރި ކަމެއް ކަށަވަރެއް ނުވެއެވެ.

މޮރޮކޯގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރެސްކިއު ކްރޫއިންނާ އެކު، ސްޕެޝަލިސްޓުން ވަނީ ޓަނަލްގެ ތެރެއަށް ވަދެފައެވެ.

ރަޔަން ދިރި ހުރި ކަމެއް އަދި މިހައިތަނަށް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ރަޔަން ވަޅުގަނޑުން ނެގި ވަގުތު އެ ސަރަހައްދަށް ޖަމާވެފައި ތިބި މީހުން ވަނީ ﷲއަށް ޙަމްދުކޮށް، ތަކުބީރުގެ ކަލިމަތަކުން މުޅި ސަރަހައްދު ގުގުމައިލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!