ޚަބަރު އިޖުތިމާޢީ

21.3 މިލިއަން ރުފިޔާގެ ޑްރަގް އެތެރެކުރި ދެ މީހުންގެ ބަންދަށް 5 ދުވަސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ވައިގެ މަގުން ރާއްޖެއަށް ގިނަ އަަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް ދެ ރައްޔިތުންގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

Ads by STELCO

މިމައްސަލައިގައި އެ ދެމީހުންގެ ބަންދަށް، ކްރިމިނަލް ކޯޓުން އިއްޔެ ފަސް ދުވަސް ޖަހައިފައި ވަނީ އެ ދެމީހުން ވެސް ވަކީލާ އެކު ބަންދު އަޑުއެހުން ކުރިއަށް ގެންދިއުމަށް ބޭނުންވާކަމަށް ބުނެފައިވާތީއެވެ.

މަސްތުވާތަކެތި ފެނުނީ 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނެއްގެ އަތުންނެވެ. އެއީ ބްރެޒިލްއަށް ނިސްބަތް ވާ ދެމީހުންނެވެ.

އެ ދެމީހުންގެ އަތުން މަސްތުވާތަކެތި ފެނުނީ، އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން، އެ ދެމީހުންގެ ލަގެޖު ބަލައިފާސްކުރި އިރު ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން ބުނީ އެމީހުންގެ ލަގެޖުން ފެނުނު އެއްޗެހި ފުރަތަމަ މަރުހަލައިގައި ޓެސްޓުކުރި އިރު، ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ދެ މީހުންގެ އަތުން 4.2 ކިލޯގެ ޑްރަގް ވަނީ އަތުލައިގެންފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން މީހާގެ ލަގެޖުން 1.7 ކިލޯގެ ކޮކެއިން އަދި އަންހެން މީހާގެ ލަގެޖުން 2.5 ކިލޯގެ ކޮކެއިންއެވެ.

ކަސްޓަމްސްއިން ބުނީ، އެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!