ޚަބަރު

ޓީއެމްއޭއިން ނަޝީދަށް 13 މިލިއަން ޑޮލަރު ދީފައިވޭ: މޮސްޓާ

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދަށް ޓީއެމްއޭއިން 13 މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ(މޮސްޓާ) ތުހުމަތުކުރައްވައިފިއެވެ.

Ads by Sosun Fihaara

މޮސްޓާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލިހުގައި އެމްޑީޕީ މެންބަރުން ލައްވައި ކުރީ ސަރުކާރޭ ކިޔުއްވައިގެން އުޅުއްވަނީ ރައީސް ނަޝީދު ކަމުގައެވެ. އަދި އެގޮތަށް އެމެންބަރުން ލައްވައި ކުރީ ސަރުކާރޭ ވިދާޅުވަނީ ރައީސް ނަޝީދަށް ޓީއެމްއޭއީން 13 މިލިއަން ޑޮލަރު ދީފައިވާތީ އެކަން އޮއްބާލުމުގެ ގޮތުން ކަމުގައިވެސް މޮސްޓާ ތުހުމަތުކުރައްވާފައިވެއެވެ.

"ޤާނޫނު އަރާ ހަމަކުރާނެ، އެކަން ދަންނާތި. ގޮނޑިދުއްވަން މިފަހަރު ނުފޮނުއްވާނެ، އޮންނަން ޖެހޭނީ ޖަލުގައި" މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ އިތުރަށް ވިދާޅުވީ ނަޝީދުގެ ވާހަކަ ދެއްކުމުން ކިތަންމެ ގިނަ ބަޔަކު ކެކި އެރިޔަސް މަޖިލިސްގެ ކޮޓަރިއަށް ވަގަށް ޓީއެމްއޭގެ ބޯޑު މެމްބަރުން ވައްދައި ޑީލް ނުހަދާ ކަމަކަށް ނުވާނެ ކަމަށެވެ.

އޭސީސީން ތައްޔާރުކޮށް ރައްޔިތުން މަޖިލިހަށް ފޮނުއްވި ރިޕޯޓު މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ސިއްރުކުރައްވާފައިވާއިރު އެރިޕޯޓަކީ ސިއްރު ރިޕޯޓެއް ނޫން ކަމުގައި އޭސީސީން ބުނެފައިވެއެވެ. ޓީއެމްއޭގެ މައި ހިއްސާދާރު ކަމުގައިވާ ބައިން ކެޕިޓަލްގެ ލޯޔަރަކީ ރައީސް ނަޝީދުގެ ބައިނަލްއަޤުވާމީ ލޯޔަރުގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ޖެރެޑް ގެސްނަރކަންވަނީ ހާމަވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!