ޚަބަރު

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލައެއްގައި މީހަކު ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

Ads by Hajj Corporation

ފުލުހުން ވިދާޅުވީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ތަހުގީގަށް ހާޒިރުވާން އަންގައިފައި ވަނީ ދަފްތަރު ނަމްބަރ ދރ.1182 ކ. މާލެ / އިބްރާހީމް މާނިޢު ރަމީޒު (21އ) ކަމަށެވެ.

އޭނާ ހާޒިރުކުރެވެނީ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކުރުމަށެވެ.

ފުލުހުން ވިދާޅުވީ އޭނާ ހާޒިރުވާން ޖެހެނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގ، 2022 ފެބްރުއަރީ 15ވަނަ ދުވަހުގެ 12:00އަށް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!