ޚަބަރު ސަރުކާރު

ރަށްރަށަށް ބޭނުންވާ އިތުރު 15 އެމްބިއުލާންސް ރާއްޖެ ގެނެސްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ރަށްރަށަށް ފޮނުވަން އެމްބިއުލާންސްތައް މިއަދު މާލެ ގެނެސްފިއެވެ.

Ads by MWSC

ހެލްތު މިނިސްޓްރީން ވިދާޅުވީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެވިފައިވާ 15 އެމްބިއުލަންސްގެ ތިންވަނަ ޝިޕްމަންޓް، ކަސްޓަމްސްއިން މިއަދު ކްލިއަރކޮށް އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފައިވާ ކަމަށެވެ.

މިއީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯއަށް ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން ގެނައި އެމްބިއުލާންސްގެ ތިންވަނަ ޝިޕްމަންޓެވެ.

ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން ފުރަތަމަ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މަހުގެ 7ވަނަ ދުވަހުއެވެ. ދެވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 29ވަނަ ދުވަހުއެވެ.

އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ޚިދުމަތެކެވެ. އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ނުލިބޭކަމުގެ ޝަކުވާ ގިނަ ރަށްރަށުން ކުރެއެވެ. އަދި ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ރަށްރަށަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދެއެވެ. އެމްބިއުލޭންސް ދިޔުން ލަސްވެ ފަރުވާ ނުލިބުމުގެ ސަބަބުން ހިތާމަވެރި ހާދިސާތަކެއް ވެސް ވަނީ ހިނގައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!