ޚަބަރު

ޓާމިނަލްއާ ގުޅޭ އޭސީސީގެ ތަހުގީގު ރިޕޯޓު މަޖިލީހުން އާންމުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ން ތައްޔާރުކޮށް ރައްޔިތުން މަޖިލިހަށް ފޮނުވާފައިވާ ރިޕޯޓު އެމަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ސިއްރުކުރައްވަން ނިންމަވާފައިވަނިކޮށް މަޖިލިހުން އެރިޕޯޓު ޢާންމުކޮށްފިއެވެ.

Ads by MWSC

ރައްޔިތުން މަޖިލިހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމާ ގުޅޭ ގޮތުން އޭސީސީން ކުރަމުންދާ ތަޙުޤީޤާ ގުޅޭ ގޮތުން އެކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު މަޖިލިހުގެ މެންބަރުންނާ ހިއްސާކޮށްފައިވާ ކަމުގައެވެ. އަދި އޭގެ އިތުރުން އެރިޕޯޓު މަޖިލިހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ކަމުގައެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ސީޕްލޭން ޓާމިނަލް ހަވާލުކުރަން ނިންމާފައި ވަނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނާޖާއިޒް ފައިދާ ލިބޭ ގޮތަކަށް ކަމަށާއި އެހެންކަމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

އޭސީސީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައި ވަނީ މިއަދު އެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭސީސީގެ ރިޕޯޓު ލިބިފައި ވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ކަމަށެވެ.

އެއީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ކަނޑައެޅުމުގެ ސަބަބުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ވެސް ހިމެނޭ ގޮތުން، ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެ ރިޕޯޓު އާންމު ކުރުމަށް ގޮވާލަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!