ޚަބަރު

ޕާޓީތަކުން ހުށަހަޅާ މެމްބާޝިޕް ފޯމުތައް ޕްރޮސެސް ކުރުން މަޑުޖައްސާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ސިޔާސީ ޕާޓީތަކުން ހުށައަޅާ މެމްބާޝިޕް ފޯމުތައް ޕްރޮސެސް ކުރުން އިލެކްޝަންސް ކޮމިޝަނުން މަޑުޖައްސާލައިފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޕާޓީތަކުން ހުށައަޅާ މެމްބާޝިޕް ފޯމުތައް ޕްރޮސެސް ކުރުން މެދުކަނޑާލާފައިވާ ކަަމަށާއި، ނަމަވެސް ކޮންމެހެން ޕްރޮސެސް ކުރަންޖެހޭ މުހިންމު ފޯމުތައް އޭގެ ތެރެއިން އިސްތިސްނާވާނެ ކަމަށެވެ.

އީސީން ފޯމުތައް ޕްރޮސެސް ކުރުން މަޑުޖައްސާލާފައިމިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޙާބާ ގުޅިގެންނެވެ.

ކައުންސިލް އިންތިހާބަށް އީސީން ތައްޔާރުވަމުންދާއިރު، މިހާތަނަށް 141 ފަރާތަކުން ވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން މިހާތަނަށް 50 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން ބުނެއެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!