ޚަބަރު

ޔާމީން ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ރައީސްގެ ކިބައިގެން ޝަހީމް އެދިވަޑައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.

Ads by STELCO

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެ މައްސަލާގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައުލަތަށް ދެއްކުމަށް ވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީނަކީ ދިވެހި ގައުމަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

"އެމަކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އެދި ރައީސް ސޯލިހުއަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަރިހުން އަދަބުވެރިކަމާއެކު އެދެން. ޔާމީން ޖަލުގައި ހުންނަވާ ކޮންމެ ދުވަހަކީ ހިތާމަވެރި ދުވަހެއް." ޝަހީމް ވިދާޅުވިއެވެ.

ދިކޮޅު ޕީޕީއެމްގެ ލީޑަރަކީވެސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް، 2018 ގެ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓު ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!