ޚަބަރު

އިންޑިއާގައި ކަރަންޓީނުކުރި 7 ދިވެހިން މިއަދު ރާއްޖެ އަންނަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހުގެ ސަބަބުން ޗައިނާއިން އިންޑިއާއަށް ގެންދިޔަ ހަތް ދިވެހިން ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު މިއަދު އެނބުރި ރާއްޖެ އަންނާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by STELCO

އެއާ އިންޑިއާގެ ހާއްސަ ފްލައިޓެއްގައި މިމަހުގެ ދެވަނަ އިންޑިއާއަށް ގެންދިޔަ އެ ހަތް ދިވެހިން ކަރަންޓީނު ކޮށްފައިވަނީ އިންޑީ ޓިބެޓަން ބޯޑާ ޕޮލިސް ޗައުޅާ ކޭމްޕުގައެވެ. އެ ސަރަހައްދުގައި އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ކަރަންޓީން ފެސިލިޓީ ގާއިމްކޮށްފައެވެ.

ކަރަންޓީނުކުރި ހަތް ދިވެހިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފިރިހެނެއްގެ އިތުރުން ކުޑަކުއްޖަކެކެވެ. މި އެންމެން ވެސް ވަނީ ކަރަންޓީނު ފެސިލިޓީގައި 14 ދުވަސް ހޭދަކޮށްފައެވެ.

އެ ހަތް ދިވެހިންވެސް އެ ވައިރަހަށް ނެގަޓިވް ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައިވާއިރު އެ މީހުން ރާއްޖެ އަންނާނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!