Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޓީއެމްއޭއިން 13 މިލިއަން ޑޮލަރު ދިން ކަމަށް ބުނަ ވާހަކަ ނަޝީދު ދޮގުކުރައްވައިފި

ޓީއެމްއޭއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް 13 މިލިއަން ޑޮލަރު ދިން ކަމަށް ބުނާ ވާހަކަ އެމަނިކުފާނު މިއަދު ދޮގުކުރައްވައިފިއެވެ.

ނަޝީދަށް ޓީއެމްއޭއިން 13 މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ(މޮސްޓާ) ވަނީ ތުހުމަތުކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޓީއެމްއޭ އިން ވެސް އަދި އެހެން ބަޔަކު ވެސް އެމަނިކުފާނަށް ފައިސާއެއް ނުދެއްވާ ކަމަށާއި އަދި ދެއްވަން ވެސް ނުވެސް އުޅުއްވާނެ ކަމަށާއި އަދި އެކަމާ ބަޔަކު ނުވެސް ވިސްނާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"ދެއްވަން އުޅުއްވަބަލަ އެއްވެސް މީހަކު އެއްވެސް އެއްޗެއް. އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ރިޝްވަތު ދިނުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ހިފުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ދޭން އުޅޭކަން އެނގި ހުރެ އެކަމާ އަޅާނުލާ ތިބުމަކީ ވެސް މަނާ ކަމެއް" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ވަކި ކަމެއް ވަކި ގޮތަކަށް ކުރުވުމުގެ ނިޔަތުގައި އެއްވެސް މީހަކު އެމަނިކުފާނާ ރަހުމަތްތެރިވެ ވާހަކަ ނުދެއްކުމަށް ވެސް އެދިވަޑައިގެންފައެވެ.

މޮސްޓާ ވިދާޅުވެފައިވާ ގޮތުގައި ނަޝީދު ވަނީ މަޖިލިސްގެ ކޮޓަރިއަށް ވަގަށް ޓީއެމްއޭގެ ބޯޑު މެމްބަރުން ވައްދައި ޑީލް ހަދާފައި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް