މުނިފޫހިފިލުވުން

ބަންސާލީ ދެކެ ރަންބީރު އަންނަ ރުޅި ، އާލިއާދެކެ ވާ ލޯތްބަށް ވުރެ ބޮޑު!

ދެން އެމްވީ ، ދެން އޮންލައިން

Ads by MWSC

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ އާލިއާ ބަޓްއާއި ރަންބީރް ކަޕޫރާއި ދެމެދު އޮންނަ ލޯބީގެ ގުޅުމަކީ، މިހާރު މުޅި ދުނިޔެ ވެސް ދަންނަ ގުޅުމެކެވެ.

މީގެ ދެއަހަރުވަރު ކުރިން އެދެތަރިންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމާއި ބެހޭގޮތުން ދެތަރިންވެސް އަދި ސީދާ ޖަވާބެއް ދީފައި ނެތް ނަމަވެސް، ދެމީހުންގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުންނާއި ފެންނަމުންދާ ފޮޓޯތަކުން އެކަން ވަރަށް ރަނގަޅަށް ހާމަވަމުންދެއެވެ.

އާލިއާގެ އުފަލަށްޓަކައި ރަންބީރް ގިނަ ކަންތައްތަކެއް ކޮށްފައިވީ ނަމަވެސް، އޭނާ އާލިއާ އަށްޓަކައި ވެސް ނުކުރާ ކަމެއް އެބައޮތެވެ. އެއީ އާލިއާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ގަންގޫބާއީ ކަތިއަވަޑީ" ގެ ސެޓަށް ގޮސް އާލިއާ އާއި ބައްދަލު ކުރުމުވެ. ކިތަންމެ ވަރަކަށް އެދުނު ނަމަވެސް، ރަންބީރް އޭނާގެ ލޯބިވެރިޔާގެ މިއެދުން ފުއްދައެއް ނުދެއެވެ.

ފިލްމު ސިޓީއެއް ކަމަށްވާ ގޯރެގާއުން ގައި އާލިއާ އާއި ރަންބީރް މިދުވަސްކޮޅު މަސައްކަތްކުރި ކަމުގައިވިޔަސް، އާލިއާ އެކްޓު ކުރާ ފިލްމު "ގަންގޫބާއީ ކަތިއަވަޑީ" ގެ ސެޓަށް ރަންބީރު ޒިޔާރަތް ނުކުރަނީ އާލިއާގެ ސަބަބަކުންނެއް ނޫނެވެ. އޭގެ ސަބަބަކީ އެފިލްމުގެ ޕްރޮޑިއުސަރ ސަންޖޭ ލީލާ ބަންސާލީއެވެ.

ރަންބީރްގެ ފުރަތަމަ ފީޗަރ ފިލްމު "ސާވަރިޔާ" ވެސް އުފެއްދީ ސަންޖޭލީލާ ބަންސާލީއެވެ. ނަމަވެސް އެފިލްމު ޕްރޮމޯޓްކުރިވަރާ ބަލާފައި، ފިލްމު ފްލޮޕްވުމުން ސަންޖޭ އާއި ރަންބީރް އާއި ދެމެދު އުފެދުނު ރުޅިވެރިކަމުގެ ހުޅުކޮޅު އަދިވެސް ރަންބީރްގެ ހިތަކުން ފިލައިގެނެއް ނުދެއެވެ.

2007 ވަނަ އަހަރު ނިކުތް އެފިލްމު ފްލޮޕްވުމުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ރަންބީރަށެވެ. ޚުދު ސަންޖޭލީލާ ވެސް ވަނީ އެކަމާއި ރަންބީރު ކުށްވެރި ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ރަންބީރް ނިންމީ "ދޭވްދާސް"، "ރާމް ލީލާ"، "ބާޖީރާއޯ މަސްތާނީ" އަދި "ޕަދްމާވަތު" ފަދަ ސުޕަރހިޓް ފިލްމުތައް އުފެއްދި ސަންޖޭލީލާ ބަންސާލީ އާއެކު ދުވަހަކުވެސް އެއްވެސް މަސައްކަތެއް ނުކުރުމަށެވެ.

ލޯބިވެރިޔާ އާލިއާ އަށް އެއްވެސް ނުފޫޒެއް ނުފޯރުވި ކަމުގައިވިޔަސް، ރަންބީރް އަންނަނީ މިއަދާއި ހަމައަށް ވެސް އޭނާގެ ބަހުގައި ހިފަހައްޓަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!