ޚަބަރު

ބައެއް ރަށްރަށުގައި މަގު ހަދާފައި ވަނީ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް: އަސްލަމް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ބައެއް ރަށްރަށުގެ މަގުތައް ތާރު އަޅައިގެން ހަދާފައިވަނީ މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަ އަސްލަމް މިހެން ވިދާޅުވީ، ތިމަރަފުށީގެ މަގުހެދުމުގެ މަސައްކަތް 2019 ވަނަ އަހަރު ބަޖެޓް ކުރެވިފައި ވީ ނަމަވެސް އެމަސައްކަތް ފެށިފައި ނުވާތީ، އެދާއިރާގެ މެމްބަރު ޢަބުދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް މެމްބަރުންނަށް އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައެވެ.

އަސްލަމް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ މަގުތައް ތާރުއަޅައިގެން ހެދުމުގެ މަޝްރޫއުތައް ހިންގިފައި ހުރީ މާބޮޑަށްވެސް "އޯވަރ" ޑިޒައިންކޮށް ކަމަށެވެ. އެގޮތުން 25 ޓަނުގެ ބޮޑެތި ކްރޭން ދުއްވޭ ވަރަށް ޑިޒައިންކޮށްގެން ބައެއް ރަށްރަށުގެ މަގުތައް ހެދިފައިވާ ކަމަށާއި އެކަމަކު މިއިން ދުވަހަކު އެއިން ރަށެއްގައި އެވަރުގެ ހެވީ ވެހިކަލްތައް ނުދުއްވާނެ ކަމަށެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑު ވަކި ރަށެއްގެ ނަން ކިޔާކަށް ނެތިން؛ އެކަމަކު ބައެއް ރަށްރަށުގައި މަގުތަށް ހެދިފައި އެބަހުރި، މަތިންދާ ބޯޓު ޖެއްސޭ މިންވަރަށް. އެވަރަށް ޑިޒައިން ކުރެވިފައި އެބަހުރި ހެދިފައި." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޓްރެފިކް މަދު ހިސާބުތަކުގައި މަގު ހަދާފައި ހުންނަ ގޮތްތައް މަޖިލީހުގެ ގިނަ މެމްބަރުންނަށްވެސް ފެނިވަޑައިގެންފައި ވާނެ ކަމަށެވެ.

މަގުގެ ޑިޒައިނާއި ގުޅިގެން އެކަމަށް ހިނގާ ޚަރަދުވެސް ބޮޑުވެގެންދާނެ ކަމަށާއި ބައެއް ރަށުގެ މަގު ހަދަމުންދާއިރު، މަގު ހަދަނީ ވަަރަށް ދަށްފެންވަރުގައި ކަމަށް ބުނެ ރަށްރަށުގެ ރައްޔިތުންވެސް ވާހަކަ ދައްކާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!