ޚަބަރު

ބިލާލް ފިލްޕްސްއަކީ ހަރުކަށި ފިކުރުގެ މީހެއް: އީވާ

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ބިލާލް ފިލްޕްސްއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޔޫތް މިނިސްޓްރީގެ ދައުވަތަކަށް ބިލާލް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވަނީ އިއުލާން ކުރައްވާފައެވެ. އެގޮތުން އޭނާ ރާއްޖެ ވަޑައިގަންނަވަނީ އަންނަ މަހުގެ 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

މަހްލޫފްގެ މި ވާހަކަ އަށް ރައްދުދެއްވައި އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ބިލާލް ފިލްޕްސްއަކީ ޞުލްޙައާއި ހަމެޖެހުމާއި ތަޙައްމަލުކުރުމުގެ ވާހަކަދައްކަވަން ރަނގަޅު ބޭފުޅާ ނޫންކަން ގޫގުލްގެ ކުޑަ ސާޗަކުންވެސް ފެންނާނެއެވެ.

އީވާ ވިދާޅުވީ ބިލާލު ފިލިޕްސްއަކީ ހަރުކަށި ފިކުރާއި އަނިޔާވެރި ޢަމަލުތަކަށް ގޮވައިލައްވާ ބޭފުޅެކެވެ. އަދި އަންހެނުންނަށް އަނިޔާވެރިވުމަށް ބިލާލް ފިލިޕްސް ބާރުއަޅުއްވާ ކަމުގައިވެސް އީވާ ތުހުމަތުކުރައްވާފައިވެއެވެ. އަދި އޭނާ އަކީ ޑިމޮކްރަސީއާމެދު ފަނާކުރުވަނިވި ފިކުރެއް ގެންގުޅުއްވާ ބޭފުޅެއް ކަމުގައިވެސް އީވާ ތުހުމަތުކުރައްވާފައިވެއެވެ.

އީވާގެ އިތުރުން މާފަނުން އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ ބިލާލް ޕިލިޕްސް ރާއްޖެ ގެންނަން ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

އިންތި ވިދާޅުވީ ރަނގަޅު އިލްމުވެރިއެއް ނޫން ކަމަށާއި އޭނާގެ ހަރުކަށި ފިކުރުގެ ވިސްނުމުގެ ސަބަބުން، ވަރަށް ގިނަ ގައުމުތަކުން އޭނާ ދިއުން މަނާ ކޮށްފައިވާ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!