ޚަބަރު

ގަނާ ކުރުމަކީ ކުށަކަށް ހަދައި އަދަބެއް ކަނޑައަޅަން ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ގަނާ ނުވަތަ "ބުލީ" ކުރުމަކީ ކުށަކަށް ހަދައި، އެކަމަށް އަދަބެއް ކަނޑައެޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ގޮވާލައިފިއެވެ.

Ads by MWSC

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތައުލީމުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން މިއަދު ހަސަން ލަތީފު ވިދާޅުވީ ގަނާ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި މިއީ ޒަމާނުއްސުރެން ފެށިގެން ހިނގަމުން އަންނަ ކަމެއް ކަމަށެވެ. އެއިރު މިކަން މާބޮޑުކަމަކަށް ނުހަދާތިބި ކަމަށް ވެސް އެމްޕީ ހަސަން ލަތީފު ވިދާޅުވިއެވެ.

ނަމަވެސް ގަނާ ކުރުމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށާއި އެގޮތުން މަދުރަސީ ހަޔާތުގައި ބުލީ ކުރެވިފައި ތިބި ފަރާތްތައް ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާއިރު އެކުރެވުނު ބުލީގެ އަސަރު އެ ފަރާތްތަކުގެ ގައިގައި މިހާރުވެސް އެބަހުރި ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

އެހެންކަމުން މިބިލުގައި، ގަނާ ކުރުނާއި ގުޅޭގޮތުން މާއްދާތަކެއް ހިމަނަން ބޭނުންފުޅުވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ވިދާޅުވެފައިވެއެވެ.

"ނަތީޖާއަކަށް ވަނީ ޒާތީ ގޮތުން މީސް މީހުންނާ ދޭތެރޭގައި ކަންކަން ކުރަން ފެށުން. މިއީ ވަރަށް ނުރައްކާތެރި ކަމެއް. ރާއްޖޭގައި ވެސް އަދި އެހެން ގައުމުތަކުގައި ވެސް، ދިރާސާތައް ދައްކާ ގޮތުގައި މިއީ މިކަން ހިނގާ ގޮތް" އެމްޕީ ހަސަން ލަތީފު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!