ޚަބަރު

މި ދަނޑިވަޅު އެދެންވީ ޗައިނާއަށް ދެރަގޮތެއް ވުމަކަށް ނޫން: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި ހަލުވިކަމާއި އެކު ނުރައްކާތެރި ކޮވިޑް 19 ވައިރަސް ފެތުރެމުން އަންނަ މި ދަނޑިވަޅަކީ އެގައުމަށް ދެރަގޮތް ވުމަށް އުންމީދު ކުރަންވީ ވަގުތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މިވަގުތަކީ ހުރިހާ ގައުމަކުންވެސް ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދޭން ވީ ވަގުތު ކަމަށް ސަފީރަށް ދެންނެވި ކަމަށެވެ.

"ހުރިހާ އިންސާނުން ވެސް ބަލިވާނެ. ބަލިވީމާ އިންސާނުންނަށް ބޭސްފަރުވާ އަޅުގަނޑުމެން އެންމެން ކޮށްދޭންޖެހޭ. ބަލިވާ މީހާ އެއީ އެކަހެރިކޮށްލެވޭ، ވަކިކޮށްލެވޭ، ހަނދާން، ނައްތާލެވޭ، ފޮހެލެވޭ، މީހެއްގެ ގޮތުގައި ވިސްނުން އަޅުގަނޑުމެން ގެންގުޅުން އެއީ އަޅުގަނޑަށް ފެނުނުގޮތުގައި ދެރަކަމެއް. އަޅުގަނޑު ޗައިނާ އެމްބެސަޑަރަށް ދެންނެވިން، އަޅުގަނޑު ދެކޭ ގޮތުގައި މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެމްބަރުންވެސް މިވަގުތު އެދިވަޑައިގަންނަވާނީ ޗައިނާއަށް މަދަދުވެރިކަމޭ. ޗައިނާ އަށް އިހުލާސްތެރިކަމޭ. ޗައިނާއަށް ހެޔޮއެދުމޭ" ނަޝީދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހަށް އަދި މިހާތަނަށް ވަކި ހާއްސަ ފަރުވާއެއް ހޯދިފައިނުވާއިރު، މި ބަލި ދަނީ ވަރަށް ހަލުވިމިނެއްގައި ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް ފެތުރެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!