އަންހެނަކަށް އަނިޔާކުރި މީހަކު މާލޭ ގެއަކުން ހައްޔަރުކޮށްފި

މާލޭގައި އަންހެނަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ދެންމެ ވިދާޅުވީ ހެންވޭރު ގެއެއްގައި އަންހެނަކަށް އަނިޔާކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ގެއަށް ގޮސްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އަނިޔާކުރި ކަމަށް ބެލެވޭ ދިވެހި ފިރިހެން މީހާ މިވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance