ދުނިޔެ

އައިފޯނު ލިބުން ދަތި ވެދާނެކަމުގެ ބިރު

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން އެޕަލް ކުންފުނިން އުފައްދާ އައިފޯނު ލިބުން ދަތިވެދާނެ ކަމުގައި އެޕަލް ކުންފުނިން ބުނެފިއެވެ.

Ads by Sosun Fihaara

ކޮރޯނާ ވައިރަހާއި ގުޅިގެން ބަންދު ކުރި ޗައިނާގައި ހުންނަ އެޕަލް ގެ ކާރުހާނާ މިހާރު އަލުން ހުޅުވާފައިވާއިރު އެނބުރި އެންމެ ފުރިހަމައަށް މަސައްކަތް ކުރުމަށް އަދި ދުވަސް ނަގާނެ ކަމަށް އެކުންފުނިން ބުނެއެވެ. މީގެއިތުރުން ޗައިނާގައި ހުރި ހުރިހާ އެޕަލްގެ ފިހާރަތަކެއްހެން ބަންދު ކޮށްފައި ހުރުމާއިއެކު މި ކުއާޓާގައި އެޕަލް ގެ އާމްދަނީ ވެސް ދަށް ވެގެން ދާނެ ކަމުގައި މާހިރުން ލަފާކުރެއެވެ.

ޗައިނާއަކީ އެޕަލް ކުންފުނީގެ އެންމެ ބޮޑު އެއް މާކެޓެވެ. އައިފޯނުގެ އިތުރުން ކާރުގެ ވިޔަފާރިއަށް ވެސް ކޮރޯނާ ވައިރަހުގެ ސަބަބުން ބޮޑު އަސަރެއް ކުރާނެ ކަމުގައި ލަފާކުރެވެއެވެ.

އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރެފައިވަނީ އައިފޯނު 11 ގެ ތިން މޮޑެލްއާއި އައިވޮޗް 5 ސީރީސް އެވެ. އެޕަލް މި އަހަރު މުޅިން އާ 7 އައިފޯނެއް ބާޒާރަށް ނެރޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!