ޚަބަރު

ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ރާއްޖެ އަންނައިރު ޕީސީއާރު ހަދަން ނުޖެހޭ ގޮތަށް ހަދައިިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
މާލެއިން ރަށްރަށަށް ބަޔަކު ދަތުރު ކުރަނީ.. ދެން އިމޭޖްސް

ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ރާއްޖެ އަންނައިރު ޕީސީއާރު ހަދަން ނުޖެހޭ ގޮތަށް ހަދައިިފިއެވެ.

Ads by STELCO

އެޗްޕީއޭއިން ދެންމެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑު-19 ފެތުރުން ކޮންޓްރޯލްކުރުމަށް، އާންމު ރައްޔިތުންގެ ޞިއްޙަތު ރައްކައުތެރިކުރުމަށް ޓަކައި، އަޅައިފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވާ ކަމަށެވެ. އެގޮތުން ރާއްޖެ އަންނަ މީހުންގެ ތެރެއިން، ޑަބްލިއޫ އެޗް.އޯ.އިން އިމަރޖެންސީ ޔޫސް ލިސްޓްގައި ހިމަނައިފައިވާ ނުވަތަ ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައިވާ ކޯވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 (ސާދަ) ދުވަސް ވެފައިވާ ފަރާތްތައް މާދަމާއިން ފެށިގެން ރާއްޖެ އެތެރެވާއިރު ޕީ.ސީ.އާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ނެރުނު އިއުލާންގައި ބުނެފައިވެއެވެ.

މީގެ އިތުރުން ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ތިބޭ ފަތުރުވެރިން، ރާއްޖޭން ފުރުމުގެ ކުރިން ހަދަން ޖެހޭ ޕީ.ސީ.އާރު ޓެސްޓް ދެން ހަދަން ނުޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!