ވިޔަފާރި

ތިމާވެށި ހިމާޔަތް ކުރުމަށް ޕާލޭއަށް އެމްޕީއެލްއިން އެހީ ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތިމާވެށި ހިމާޔަތްކުރުމަށް ޕާލޭ މޯލްޑިވްސް އިން ކުރިއަށްގެންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސްް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން އެ ޖަމިއްޔާއާ އެކުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Sosun Fihaara

އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމްޕީއެލްއާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ޕާލޭ މޯލްޑިވްސްއިން ބުނީ އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ އެހީތެރިކަމާއެކު 128 ރަށަކުން ޕްލާސްޓިކް އެއްކުރެވޭނެ ގޮތް ފަހިވެގެންދާނެ ކަމަށެވެ.

ޕާލޭ މޯލްޑިވްސްއަށް އެމްޕީއެލުން އެހީތެރިކަން ފޯރުކޮށްދެނީ އެ ކުންފުނީގެ ސީއެއްސްއާރުގެ ދަށުންނެވެ.

އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްގައި ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓެއް ގާއިމްކުރާނެ އެވެ. އަދި ޕާލޭގެ ވެހިކަލްތަކާއި ބޯޓުތަކަށް އެއްވެސް އަގަކާ ނުލާ މި ޓާމިނަލްއަށް ވަދެ ޕްލާސްޓިކްގެ ބާވަތްތައް ނެގޭނެ އެވެ.

ޕާލޭއިން ވިދާޅުވީ އެމްޕީއެލްއާއެކުވި އެއްބަސްވުމުގެ ދަށުން ހުޅުމާލެއިން ޕްލާސްޓިކް އެއްކުރަން ބޮޑުތަނުން ފަސޭހަ ވެގެން ދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!