ޚަބަރު

ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ ސިޓީ ހިތަދޫގެ ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން ބުނީ ރޭ ފަތިހު 4:30 ހާއިރު ހިތަދޫގެ ފިހާރައެއްގެ ބިއްލޫރި ދޮރު ތަޅާލައިގެން ވަދެ ވައްކަން ކުރި އުމުރުން 19 އަހަރާއި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ދެ މީހުން އެ ފިހާރައިން ވަގަށް ނަގާފައިވަނީ 32 ފޯނާއި، ދެ އައިޕެޑާއި، 11 ގޭމް ސީޑީ އާއި ދެ ސްޕީކަރާއި، އެޕަލް އައި ވޮޗަކާއި، ހެޑްސެޓެއްގެ އިތުރުން 27 ސްކްރީން ޕްރޮޓެކްޓަރ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ،

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!