މާލޭގައި މީހަަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
މާލޭގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ މާލޭގެ ކުރިކީލަ މަގު، ޗާންދަނީ މަގާ ގުޅުނު ހިސާބުން ބިދޭސީ ފިރިހެނަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓު މިއަދު 19:00ހައިއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ބިދޭސީ މީހާ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ މީހާއަށް ހަމަލާދީފައި ވަނީ ތޫނު އެއްޗަކުންނެވެ.
މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
Ads by STO