12 ކިލޯގެ މަސްތުވާތަކެއްޗާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

12 ކިލޯގެ މަސްތުވާތަކެއްޗާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސާ ގުޅިގެން ކަނޑުމަތީގައި ރޭ ހިނގި އޮޕަރޭޝަނެއްގައި 12ކިލޯގެ މަސްތުވާތަކެއްޗާ އެކު އިންޑިއާގެ 37އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އޭނާއަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo