އޭސް ހޯމް ސެންޓަރ ހުޅުވައިފި
އޭސް ހާޑްވެއާގެ އައު ފިހާރަ ، "އޭސް ހޯމް ސެންޓަރ"ހުޅުވައިފިއެވެ.
މަޖީދީމަގާއި އަލިކިލޭގެފާނު ކަންމަތީގައި މި ފިހާރަ ހުޅުވީ މިދިޔަ ހުކުރު ދުވަހުއެވެ. މިއީ އޭސް ހާޑްވެއާގެ ތިންވަނަ ފިހާރައެވެ. މި ފިހާރަ ހުޅުއްވައިދެއްވީ ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑްގެ މެނޭޖިން ޑިރެކްޓްޓަރ ޢައްބާސް މުޙައްމަދެވެ.
ހަތަރު ފަންގިފިލާ ހިމެނޭ މި ފިހާރައިން އޭސް ހާޑްވެއާގެ އެހެން ފިހާރަތަކުގައި ނުހުންނަ މުޅިން އައު ބާވަތްތަކުގެ މުދާ ލިބެން ހުންނާނެއެވެ. އޭގެ ތެރެއިން "ބެޑިން"ގެ މުޅިން އައު ލައިނެއް ހިމެނެއެވެ. ރޯދަ ޕްރޮމޯޝަނާ ދިމާކޮށް ހުޅުވި މި ފިހާރައިގައި ގިނަ އަދަދެއްގެ ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރިކުރާ ސާމާނުގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސާމާނު ހިމެނެއެވެ. އަދި ގޭތެރެ ސާފުކުރާ ސާމާނާއި އިންސެކްޓިސައިޑްގެ ގިނަ ބާވަތްތައް ވެސް ހިމެނެއެވެ.
މީގެ އިތުރުން އޭސް ހާޑްވެއާގެ އެހެން ފިހާރަތަކޭ އެއްގޮތަށް މި ފިހާރައިން ވެސް ދުނިޔޭގެ ނަން މަޝްހޫރު ކޮލިޓީ ބްރޭންޑްތަކުގެ ތަފާތު މުދާ ހެޔޮއަގެއް ގައި ލިބެން ހުރެއެވެ.
އޭސް ހާޑްވެއާގެ ފުރަތަމަ ފިހާރަ ދިވެހިރާއްޖޭގައި ހުޅުވީ 15 ޑިސެމްބަރު 2011ގައެވެ. މިއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލްއާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއި ގުޅިގެން ފެށި ވިޔަފާރިއެކެވެ. އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފައިވަނީ 20 ޑިސެމްބަރު 2011ވަނަ އަހަރުއެވެ. މި ފިހާރައަކީ މުޅި ދެކުނު އޭޝިއާގައި އޭސް ފްރެންޗައިސްގެ ފުރަތަމަ ފިހާރައެވެ. އަދި އޭގެ ދެ އަހަރު ފަހުން 19 ޑިސެމްބަރު 2013ގައި އޭސް ހާޑްވެއާގެ ދެވަނަ ފިހާރައެއް ހެންވޭރުގައި ހުޅުވިއެވެ.