ޚަބަރު

ސިޓީ ކައުންސިލުގެ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލޭ ސިޓީ ކައުންސިލުން ކުރިއަށް އޮތް ރޯދަ މަހު ބާއްވާ "މާލޭ ސިޓީ ކައުންސިލްގެ މަދަޙަ މުބާރާތާއި އަދި ޤުރުއާން މުބާރާތް 1443"ގައި ބައިވެރިވެވޭނެ މުއްދަތު އިތުރުކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ، މި ފުރުޞަތު އިތުރު ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ނިންމައިފައި ވަނީ ގިނަ އަދަދެއްގެ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމުގެ މަތިން ކަމަށެވެ.

Ads by STELCO

މަދަޙަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ އުޞޫލު https://malecity.gov.mv/announcements/36އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އަދި ޤުރުއާން މުބާރާތުގެ ފޯމާއި މުބާރާތުގެ އުޞޫލު https://malecity.gov.mv/announcements/37އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ދެ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުތާރީޚް އަކީ 22 މާރޗް 2022ވާ އަންގާރަދުވަހެވެ.

މި މުބާރާތުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ގެ 3 ވަނަ ފަންގިފިލާ)އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ.

މީގެ އިތުރުން އޮންލައިކޮށް ފޯމު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން މާލޭސިޓީ ކައުންސިލްގެ އީމެއިލް [email protected]އަށް ފޯމް ހުށަހަޅުއްވައިގެން ބައިވެރިވެވޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!