ޚަބަރު

ކިހާދުއާއި ހިންމަފުށީ ސްކޫލްގައި ކްލާސް ރޫމް އަޅަން ހަވާލުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ބ.ކިހާދޫ ސްކޫލްގައި 2 ކްލާސްރޫމާއި ކ. ހިންމަފުށީ ސްކޫލްގައި 4 ކްލާސް ރޫމާއި ހޯލެއް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

Ads by Sosun Fihaara

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކިހާދޫގައި ދެ ކްލާސް ރޫމް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިސްކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ. މިމަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2،074،555.06 ދެމިލިއަން ހަތްދިހަ ހަތަރުހާސް ފަސްސަތޭކަ ފަންސާސް ފަސް ރުފިޔާ ހަލާރި)އަށެވެ. މި ދެ ކްލާސްރޫމްގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 99 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ކ.ހިންމަފުށީ ސްކޫލްގައި 4 ކްލާސް ރޫމާއި ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 16،709،293.57ރ (ސޯޅަ މިލިއަން ހަތްލައްކަ ނުވަހާސް ދުއިސައްތަ ނުވަދިހަ ތިން ރުފިޔާ ފަންސާސް ހަތް ލާރި)އަށެވެ. މިމަސައްކަތް ނިންމުމަށް ކަނޑައަޅައިފައި ވަނީ 365 ދުވަހެވެ.

އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!