މުޒާހަރާގައި އުޅުނު މީހާ ނިސްބަތްވާ ގައުމު ހާމައެއް ނުކުރި
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ބޭއްވި އެއްވުމުގައި، ރީނދޫ ކުލައިގެ ގަމީހެއްގައި ހަރަކާތްތެރިވި ކާކުކަން ނޭނގޭ މީހާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް ފުލުހުން ހާމައެއް ނުކުރިއެވެ.
އިއްޔެ މުޒާހަރާ ކޮންޓްރޯލް އުޅުނު ފުލުހުންގެ ވެހިކަލުގައި އުޅުނީ، ފުލުހުންގެ ވަޒީފާގައި ސިއްހީ ހިދުމަތްދޭ ބަހާގައި މަސައްކަތް ކުރާ މީހެއް ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
ރީނދޫ ގަމީހެއް ލައިގެން ހުރި މީހަކު، އިއްޔެ މުޒާހަރާ ކުރި ސަރަަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ، މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އެ މީހާއަކީ އިންޑިއާގެ ސިއްރު އެޖެންޓެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މީހަކީ ފުލުހުންނާ އެކު މެޑިކަލް ޓީމާ އެކު މަސައްކަތް ކުރި މީހެއް ކަމަށެވެ. ނަމަވެސް އެމީހާ ނިސްބަތް ވަނީ ކޮން ގައުމަކަށްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޖަވާބު ދީފައެއް ނުވެއެވެ.
އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމަށް އިއްޔެ ފުލުހުން ހުރަސް އެޅުމުން، އިދިކޮޅުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި، އިއްޔެގެ އެއްވުން ހުއްޓުވަން ސަރުކާރަށް އަމުރު ކުރީ އިންޑިއަން ހައިކޮމިޝަނުންނެވެ.
ދިވެހި ފުލުހުންގެ ތެރޭގައި ތިއްބަވާނެ ދިވެހި ފުލުހުންނަށް ސިއްހީފަރުވާދެވޭނެ ޤާބިލްބޭފުޅުން ދިވެހިފުލުހުންގެ އަގުވައްޓާނުލައްވާ
ވަރަށް ރަނގަޅުކަމެއް އެކުރީ
ދެރަކަމެއް! ޤައުމުގެ ސަލާމަތީ ބާރު ތަކުގާ މިފަދަ ގޮތްނޭނގޭ މީހުން ހަރަކާތްތެރި ވުމަކީ ކަންބޮޑުވެ ރަތްޔިތުން ގެ ހިތުގާ ބިރުވެރިކަން އުފެދޭ ވަރުގެ ކަމެއް! މިކަމުގާ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ވެއްޖެހެން ހީވަނީ
ސަރުކާރަކުން އެސަރުކާރެއް ނިސްބަތްވާ ޤައުމުގެ ރައްޔިތުންނަށް ފޮރުވައިގެން އޮޅުވާލައިގެން ކަންތައް ކުރާނަމަ އެއީ ވަރަށްބޮޑު މައްސަލައެއް. ޙެދޭ އެގްރީމެންޓްތައް ސިއްރުކޮށްގެން ކުރަންއުޅޭ ކަންތައް ރައްޔިތިންނަށް ސިއްރުކޮށްގެން މިހެނެއް މިކަމެއް ނުވާނެ. ވެރިކަން ޙަވާލުކުރީ ރައްޔިތުން، ރައްޔިތުންނަށް އޮޅުވާލާނަމަ ރައްޔިތުންނަށް ޖެހޭނީ ނިކުމެ ވެރިކަން އަތުލަން. ފުލުހުންނަކީ ރައްޔިތުންނާ ސަރުކާރާ ދެމެދު ހުރަހަކަށް ވެގެން ނުވާނެ. ރަައްޔިތުން ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވަން ނިކުތީމަ ފުލުހުން ނިކުމެ ރައްޔިތުންނަށް ހުރަސް އަޅައިގެން ނުވާނެ. އެއީ ކުށެއް…