ޚަބަރު

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރުކަމުން ފަޒީލް ވަކިކުރަން ފޮނުވި މެމޯ ބާތިލްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އެމްއޭސީއެލުން ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭ އަށް ދޭން ނިންމައި ޓީއެމްއޭއަށް ފޮނުވި ސިޓީތަކުގައި ސޮއިކުރެއްވި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސެއިން ފަޒީލް ވަޒީފާގެ ޒިންމާއިން ދުރުކޮށް މެމޯއެއް ފޮނުވުމަށް ފަހު، އޭގެ ދެ ގަޑިއިރު ފަހުން މެމޯ ބާތިލް ކޮށްފި އެވެ.

Ads by MWSC

މިފަދަ މެމޯއެއް ފަޒީލަށް ފޮނުވީ އިއްޔެ މާލިއްޔަތު ކޮމިޓީއަށް އޭނާ ހާޒިރުކުރައްވާ ސުވާލުކުރުމުގެ ކުރިންނެވެ. އެގޮތުން އެތަނުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ސޮއިކުރައްވާ ނެރުނު އިންޓާނަލް މެމޯގައި ވަނީ އިއްޔެ އިން ފެށިގެން ނޮން-އެއިރޯ ކޮމާޝަލް ސެކްޝަން ހިންގަވާނީ އެތަނުގެ މެނޭޖަރު މުހައްމަދު ހިޝާމް ކަމަށެވެ. ނަމަވެސް އެގޮތަށް އެންގިތާ މާގިނަ އިރުތަކެއް ނުވެ ވަނީ އެ އެންގުން ބާތިލްކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީގައި އިއްޔެ ފަޒީލް ވިދާޅުވީ ޓީއެމްއޭއާއެކު ހިންގާފައި ހުރި ހުރިހާ މުއާމަލާތެއްގެ މައުލޫމާތު އެމްއޭސީއެލްގެ ބޯޑާ ހިއްސާކުރެއްވި ކަމަށެވެ.

ފަޒީލް މިގޮތަށް ވިދާޅުވިއިރު މީގެ ދެތިން ދުވަސް ކުރިން ވަނީ މާލިއްޔަތު ކޮމިޓީއަށް އެމްއޭސީއެލްގެ ބޯޑު މެމްބަރުން ހާޒިރުކޮށްފަ އެވެ. އެގޮތުން ބޯޑުގެ އެއް މެމްބަރު، ޑރ. އިބްރާހިމް މަހްފޫޒު ވިދާޅުވި ގޮތުގައި އެމްއޭސީއެލުން އިމާރާތްކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ޖާގަ ދޭނެ މިންވަރާއި މުއްދަތާ މެދު ވެސް ބޯޑުގައި އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ.

ޓީއެމްއޭއަށް ފޮނުވި ސިޓީތަކާއި ގުޅިގެން މެމްބަރުން ސުވާލުކުރުމުން މަހްފޫޒު ވިދާޅުވެފައިވަނީ ސިޓީތަކުގައި ސޮއި ކުރައްވާފައިވަނީ ފަޒީލް ކަމަށާއި ނަމަވެސް އެކަމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ބޯޑުގައި ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!