ޚަބަރު

ފެނަކައިގެ ޗެއާމަންގެ މަގާމަށް ޝާމް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުސެއިން ޝާމް އާދަމް--

ފެނަކަ ކޯޕަރޭޝަމްގެ ޗެއާމަންގެ މަގާމަށް ހުސެއިން ޝާމް އާދަމް އައްޔަނުކޮޮށްފި އެވެ.

Ads by STELCO

ޝާމް އެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ފެނަކައާ ގުޅިވަޑައިގަތުމަކީ ކުންފުންޏަށް ލިބިގެން ދިޔަ އިތުރުކުރިއެރުމެއް ކަމަށެެވެ.

މި ސަރުކާރުގައި ކުރިން ފިނޭންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވި ޝާމްވަނީ ކުރިން ފެނަކައިގެ ނޮން އެގްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވައިފަ އެވެ.

ޝާމް ފެނަކައިގެ ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެ މަގާމުގައި ހުންނެވީ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް އެވެ.

Ads by Allied Insurance