ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް މޭޔަރުގެ ފަރާތުން މާހެފުމެއް
މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު، މާލެ ސިޓީ ކައުންސިލުގެ މެމްބަރުންނަށް ހާއްސަކޮށްގެން މާހެފުމެއް ބާއްވަވައިިފިއެވެ.
މި މާހެފުން އޮތީ ރޭ ސަލްޓަން ޕާކުގައެވެ. މިއީ މުޢިއްޒުގެ އަމިއްލަ ޚަރަދުގައި ސިޓީ ކައުންސިލުގެ ހުރިހައި މުވައްޒަފުންނަށް ދެއްވި މާހެފުމެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެެވެ.
މި މާހެފުމުގައި ވަނީ ސިޓީ ކައުންސިލުގެ ހުރިހާ މުވައްޒަފުންނަށް ކައުންސިލުން ދިނުމަށް ފާސްކުރި ރޯދަ ހަދިޔާ ކައުންސިލުގެ އިސްވެރިންނާ ރަމްޒީގޮތުން ޙަވާލުކުރެވިފައެވެ.
މިއީ ކައުންސިލުގެ ރަސްމީ ޖަލްސާގައި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ފާސްކޮށްގެން ދެވޭ ހަދިޔާއެކެވެ. ހަދިޔާ ޕެކޭޖުގައި ހިމެނެނީ މަސްދަޅާއި ގެރިކިރު ފަދަ ރޯދަމަހަށް އާންމުކޮށް ބޭނުންވާ ސާމާނު ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި މާހެފުން ފެށުމުގެ ކުރިން މުވައްޒަފުންނާ މުޚާޠަބު ކުރައްވައި، މޭޔަރު ވަނީ ހުރިހާ ކައުންސިލަރުންނާއި މުވައްޒަފުންނަށް ރަމަޟާންމަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރުކަން ފާހަގަ ކުރައްވައި މި މައްސަރާ ކައުންސިލުން ކުރިމަތިލަނީ އަޅުކަމުގެ އުންމީދާއި ޖޯޝްގައި ކަމަށް ވިދާޅުވިއެވެ.