ޚަބަރު

ޓެރަރިޒަމްގެ ތުހުމަތުގައި ލަންކާގައި ހަތަރު ދިވެހިން ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޓެރަރިޒަމްގެ ތުހުމަތުގައި ލަންކާއިން ހަތަރު ދިވެހިން ހައްޔަރުކޮށްފިއެވެ.

Ads by STELCO

ލަންކާ ޕޮލިސް ލީގަލް ޑިވިޝަންގެ ވެރިޔާ ޑީއައިޖީ އަޖިތު ރޮހާނައާ ހަވާލާދީ ނިއުސް ފަސްޓުގައިވާ ގޮތުން އޭޕްރިލް 21ގައި ދިން ހަމަލާތަކާ ގުޅިގެން މިހާތަނަށް 216 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހަތަރު ދިވެހިން ހިމެނެއެވެ.

ނަސާރާއިން ފާހަގަ ކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ތިން ފައްޅިއަކަށާއި ތިން ލަގްޒަރީ ހޮޓަލަކަށް ދިން ބޮމުގެ ހަމަލާތަކުގައި 259 މީހުން މަރުވެ، 500އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

އެ ހަމަލާތައް ދިނީ ޖިހާދީ ފިކުރުގެ ހަރުކަށި ދެ ޖަމާއަތް ކަމުގައިވާ ނެޝަނަލް ތައުހީދު ޖަމާއަތު (އެންޓީޖޭ) އާއި ޖަމާއަތު މިއްލަތު އިބްރާހީމް ގުޅިގެން، ބޭރުގެ އެހީ ހޯދައިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!