ޚަބަރު

ހެލްތު މިނިސްޓްރީގެ ޕީއެސް މަގާމުން ވަކިކޮށްފި

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ހަދީޖާ އަބްދުއްސަމަދު، މަގާމުން ވަކި ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި އެ މިނިސްޓްރީގެ ދަށުން ހިންގާ މުވައްސަސާތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަސައްކަތް ކުރާތަން ނޫން އެހެންތަނަށް ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ހަދީޖާ ބަދަލު ކުރި މައްސަލައެއް ވަނީ ސީއެސްސީއަށް ހުށަހަޅައިފައެވެ.

އެ ކޮމިޝަނުން ބުނީ އޭނާ ވަކި ކުރަން ނިންމީ މައްސަލައެއް ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން ޕާމަންންޓް ސެކްރެޓަރީ، މުވަައްޒަފުންނާ މެދު އިހުމާލުވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ވެސް ވަނީ ހުށަހަޅައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!