ޚަބަރު

ވިލް ސްމިތު އެކެޑެމީން އިސްތިއުފާ ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މިދިޔަ އާދީއްތަ ދުވަހު ބޭއްވި އޮސްކާ އެވޯޑްސް ޓެލެކާސްޓް ކުރުމުގެ ތެރޭގައި ކްރިސް ރޮކްއަށް އަނިޔާކުރި މައްސަލައިގައި ސަސްޕެންޝަނެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ލިބުމުން ، އެކަޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސްއިން އޭނާ އިސްތިއުފާ ދީފިއެވެ.

Ads by STELCO

ސްމިތު އެ މަގާމުން އިސްތިއުފާދިނުމާ ގުޅިގެން އެކަޑަމީގެ ރައީސް ޑޭވިޑް ރޫބިން ބުނީ އެކަޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސްއިން މިސްޓަރ ވިލް ސްމިތުގެ އިސްތިއުފާ ބަލައިގެންފައިވާ ކަމަށެވެ.

އަދި އެކަޑަމީގެ ސްޓޭންޑަރޑްސް އޮފް ކޮންޑަކްޓާ ސްމިތު ޚިލާފުވެފައި ވާތީ އޭޕްރީލް މަހުގެ 18ވަނަ ދުވަހު އޮންނަ ޝެޑިއުލް ބޯޑު ބައްދަލުވުމުގެ ކުރިން އޭނާގެ މައްޗަށް ޑިސިޕްލިނަރީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެކަޑަމީގެ ރައީސް ބުންޏެވެ.

މާޗް 27ވަނަ ދުވަހު ކުރިއަށް ދިޔަ އޮސްކާސް އެވޯޑު ހަފުލާގައި ވިލްގެ އަންހެނުން ޖާޑާ ޕިންކެޓް ސްމިތުގެ އިސްތަށިގަނޑާ ގުޅޭގޮތުން ކްރިސް ރޮކް މަޖަލަކަށް ދެއްކި ވާހަކައާ ގުޅިގެން ވިލް ސްމިތު ވަނީ ހިތްހަމަ ނުޖެހި ކްރިސްގެ މޫނުމަތީގައި ޖަހައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!